އަލަށް މައިންބަފައިންނަށް ވުން- ގޫގުލް އިމޭޖެސް
އަލަށް މައިންބަފައިންނަށް ވުން- ގޫގުލް އިމޭޖެސް
ކުޑަކުއްޖަކު ބޮޑު ކުރުމަކީ އެއީ ވަރަށް އުފާވެރި ތަޖުރިބާއެކެވެ. ނަމަވެސް މިއީ ފަސޭހަކަމެއް ނޫނެވެ. ދަރިން ތަރުބިއްޔަތު ކުރާއިރު ތަފާތު އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި ލިބޭ އާމްދަނީ އިން ކުރަން ޖެހޭ ހަރަދުތައްވެސް އިތުރުވެއެވެ.

ތިރީގައި މި ހިމަނާލަނީ އަލަށް ބެލެނިވެރިންނަށް ވާއިރު ފައިސާ ރައްކާތެރިކޮށް، ހަރަދު ކުޑަ ކުރުމަށްޓަކައި ކުރަންވީ ބައެއް ކަންކަމެވެ.

ބަޖެޓެއް އެކުލަވާލުން

އަލަށް މައިންބަފައިންނަށް ވާއިރު ދަރިފުޅު ބޮޑުކުރުމުގެ ޚަރަދުތަކަށް ތައްޔާރުވުމަށްޓަކައި، ބަޖެޓެއް އެކުލަވާލުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ކުއްޖާގެ ކާނާ، ފޮތި، ޞިއްޙީ ޚަރަދުތައް އަދި އެހެނިހެން ބޭނުންތައް ހިމެނެއެވެ. އަދި ކުއްލި ޚަރަދުތަކަށް ތައްޔާރުވުމަށްޓަކައި ކޮންމެވެސް ވަރަކަށް ފައިސާ ރައްކާކުރުމަކީވެސް މުހިންމު ކަމެކެވެ.

ހަރަދުތައް ކުޑަކުރުން

އަލަށް މައިންބަފައިންނަށް ވާއިރު ފައިސާ ރަނގަޅަށް މެނޭޖު ކުރުމަށްޓަަކައި ކޮންމެ މަހަކުވެސް ކުރާ ހަރަދުތައް މަދުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް ބޭރުގައި ކެއުމުގެ ބަދަލުގައި ގޭގައި ކެއްކުމާއި، ބޭނުންނުވާ ސަބްސްކްރިޕްޝަންތައް ކެންސަލްކުރުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ.

ބޭނުން ކޮށްފައިހުންނަ އެއްޗެހި ގަތުން

ކުޑަކުދިންނަށް އެއްޗެހި ގަންނައިރު "ސެކަންޑު ހޭންޑު" ނުވަތަ ބޭނުން ކޮށްފައި ހުންނަ އެއްޗެހި ގަތުމުންވެސް މުހިންމު ކަންކަމަށް ފައިސާ ރައްކާކުރެވޭނެއެވެ. ގިނަ ފަހަރަށް ކުޑަކުދިންގެ އަންނައުނާއި ކުޅޭ ތަކެތި ވަރަށް އަވަހަށް ކުޑަވެ ނުވަތަ ބޭނުން ނުކުރެވޭ ހިސާބަށް ދެއެވެ. އެހެންކަމުން، މިފަދަ ތަކެތި "ސެކަންޑު ހޭންޑު" ކޮށް ގަތުމުން ހަރަދު ކުޑަކުރެވޭނެއެވެ.

ކުރިއަށް ރޭވުން

ކުޑަކުއްޖާގެ ބޭނުންތަކަށް ވިސްނައި ކުރިއަށް ރޭވުމަކީ ފައިސާ ރައްކާ ކުރެވިދާނެ ގޮތެކެވެ. މިސާލަކަށް ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކުން ޑިސްކައުންޓް ލިބޭ ދުވަސްތަކުގައި ތަކެތި ގަތުމާއި، ކުރިއަށް އޮތް އަހަރުތަކުގައި ބޭނުންވާނެ ތަކެތި އަގުހެޔޮ ކޮށްފައި ވަނިކޮށް ގަތުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން