ވިއްދި ވިއްދީނުން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލާނެ ކަމަށް ނުބުނެވޭނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ވިއްދި ވިއްދީނުން ސަރުކާރު ވައްޓާލާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަށް އިޝާރަތް ކުރައްވައި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ވިއްދި ވިއްދީނުން ސަރުކާރު ވައްޓާލާނެ ކަމަށް އެއްވެސް ފަރާތަކަށް ނުބުނެވޭނެ ކަމަށާއި އެއީ ޤާނޫނާއި ޚިލާފު ވާހަކަ އެއް ކަމަށެވެ. އަދި ސަރުކާރު ވައްޓާލާ ވާހަކަ ދެއްކުމަކީ ޤާނޫނުއަސާސީއާ ޚިލާފު ވާހަކައެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ސިޔާސީ ގޮތުން ދައްކަންޖެހޭ ވާހަކަ އާއި ދައްކަން ނުޖެހޭ ވާހަކަ ހުންނާނެ ކަމަށެވެ.
"އޮަޅުވާލައިގެން ތިމާމެންގެ ބޭނުމަށްޓަކައި ބާރުވެރިކަން ލިބިގަތުމަށްޓަކައި ދޮގު ހަދައިގެން އޮންނަ ވެރިކަމެއް ވައްޓާލާނަމޭ ފަހައިގަންނާނަމޭ ޖެއްސި ޖެއްސީނު ވައްޓާލާނަމޭ އެހެން ބުނެ ހެދުމަކީ އެއްގޮތަކަށް ވެސް ޤާނޫނުއަސާސީ ތަންދޭ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަޙު ހަލަބޮލިވި ވަރަކަށް ދިވެހި ރައްޔިތުން ދާނީ ނިކަމެތިވަމުން ކަމަށެވެ. އެގޮތުން ރާއްޖެއިން ދައްކަންޖެހޭ ލޯނުތަކާއި އެހެނިހެން ކަންކަމަށް ފައިސާ ހޯދަންޖެހޭ ކަމަށާއި ގައުމުގެ މަސްލަހަތު ނަގާލުމުން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އެހީ ނުލިބޭނެކަމަށް ޤާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމު ހަލަބޮލިކޮށްފިނަމަ ރާއްޖެ އަށް އިންވެސްޓް ކުރާނެ ބަޔަކު ވެސް ނާއްނާނެ ކަމަށާއި ރައްޔިތުންނަށް އިހުސާސްނުވާ އޭގެ ނިކަމެތިކަން ލިބިގެންދާނެ ކަމަށެވެ.
"މިއަހަރު ދައްކަންޖެހޭ ސުކޫކާއި ލޯން ޕޭމަންޓާއި ޑިއު ޕޭމަންޓްތައް ދައްކާކަށް ފައިސާ އެއް ނުލިބޭނެ އަޅުގަނޑު މިދަންނަވަނީ ކެރިހުރެގެން ނުލިބޭނެ، މިތަން ހަލަބޮލިވަމުންދިޔަ ވަރަކަށް ނުލިބޭނެ އެއީ ކަމަށްވެދާނެ މިކުރާ ކަމަކީ، އަޅުގަނޑު މިހިރީ އެކަން އެގޮތަށް ކުރާ ކަށެއް ނޫން ޤައުމުގެ މަސްލަހަތާއި އަމާންކަން ރިވެތި ގޮތުގައި ގޮސްގެން ނޫނީ އަޅުގަނޑުމެންނަށް މިއިން އެއްވެސް ދޮރެއް ނުހުޅުވޭނެ އެއްވެސް ޕޭމަންޓެއް ދައްކާނެ ފައިސާ އެއް ނުލިބޭނެ ޤައުމު ދާނީ ހަލާކުވަމުން." ކުރީގެ ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ޤާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު