ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓު (އައިސީސީ) އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކޮށްފިއެވެ.

ބޭރުގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ޓްރަމްޕުގެ މި އަމުރު އައީ ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޣައްޒާގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ކުށްތަކުގެ ސަބަބުން އޭނާއާއި ދެކޮޅަށް އައިސީސީން ހައްޔަރުކުރުމުގެ އަމުރެއް ނެރުމާ ގުޅިގެންނެވެ.

މި އަމުރުގައި، ޓްރަމްޕް ބުނީ އައިސީސީ އިން "އެމެރިކާ އާއި އެމެރިކާގެ ގާތް އެކުވެރި އިސްރާއީލަށް އަމާޒުކޮށް ނުޙައްޤު އަދި އަސާސެއް ނެތް ޢަމަލުތަކެއް" ހިންގަމުންދާ ކަމަށެވެ. އަދި އިސްރާއީލާއި އެމެރިކާ އާ ދެކޮޅަށް އައިސީސީން އަޅާ ފިޔަވަޅުތަކަކީ ނުރައްކާތެރި މިސާލެއް ކަމަށާއި، މިކަމުގެ ސަބަބުން އެމެރިކާގެ މުވައްޒަފުންނަށް ފުރައްސާރަކުރުމާއި، އަނިޔާކުރުމާއި އަދި ހައްޔަރުކުރުމުގެ ނުރައްކާ ކުރިމަތިވާނެ ކަމަށެވެ.

ޓްރަމުޕުގެ މި އަމުރުގެ ދަށުން، އެމެރިކާ އަށް އައިސީސީގެ އޮފިޝަލުންނާ ދެކޮޅަށް ބޮޑެތި އަދަބުތައް ކަނޑައެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި އެ އޮފިޝަލުންނާއި އެ މީހުންގެ އާއިލާތަކުގެ މުދާ ހިފެހެއްޓުމާއި އެމެރިކާ އަށް ވަނުން މަނާކުރުން ހިމެނެއެވެ. މިއީ އެމެރިކާގެ ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ކުރާ ކަމެއް ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އެމެރިކާއަކީ ފެށުނީއްސުރެ ނިރުބަވެރި އިސްރާއީލާ އެއްކޮޅަށް އޮތް ގައުމެކެވެ. އަދި އިސްރާއީލުން މެދުއިރުމަތީގެ ގައުމުތަކުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ އެންމެ ބޮޑު އެއް ބައިވެރިއަކީވެސް އެމެރިކާއެވެ. އެމެރިކާ އަކީ އިސްރާއީލަށް ހުރިހާ ގޮތަކުންވެސް އެހީތެރިވެދޭ ގައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން