ޝާން މުހައްމަދު   8 ފެބްރުއަރީ 2025 - 17:41
ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން މި މަހުގެ 24 ގައި ފެށުމަށް ނިންމައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މިގޮތަށް ނިންމާފައި ވަނީ ފުޓުބޯޅަ ކަލަންޑަރަށް ބަދަލު ގެނެއުމަށް ފަހުގައެވެ.

އެފްއޭއެމުން މިއަދު ކުރި އިއުލާނެއްގައި ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެބްރުއަރީ 24 ގައި ފަށާނެ ކަމަށް ބުނެފައެވެ. އެފްއޭއެމުން ކުރިން ރާވާފައި އޮތީ މިއަހަރުގެ ސީޒަން މި މަހުގެ 14 ވަނަ ދުވަހު ފެށުމަށެވެ.



އެ އެސޯސިއޭޝަންގެ އާ ކަލަންޑަރުގައިވާ ގޮތުން، ސީޒަން ފެށޭނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. އަދި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމުގައިވާ ޕްރެޒިޑެންޓްސް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 26 ގައެވެ.


އާ ސީޒަން ކަލަންޑަރުގެ މުހިއްމު ތާރީޚުތައް:

* ފެބްރުއަރީ 13: 19 އަހަރުން ދަށުގެ މުބާރާތް

* ފެބްރުއަރީ 24: ސީޒަން ހުޅުވާ މެޗު

* ފެބްރުއަރީ 26: ޕްރެޒިޑެންޓްސް ކަޕް

* އޭޕްރީލް 7: ދިވެހި ޕްރިމިއާ ލީގު

* މެއި 31: ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

* ޖުލައި 12: އެފްއޭ ކަޕް

* ޖުލައި 18: ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ތައްޔާރުވަމުންދާއިރު އެފްއޭއެމް ހިންގުމާ މިވަގުތު ހަވާލުވެ ތިބީ ފީފާއިން މިދިޔަ އޮގަސްޓް މަހު އައްޔަނުކުރި ނޯމަލައިޒިން ކޮމިޓީގެ މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން