ގއ. ވިލިނގިލީގައި މިދިޔަ ބުދަ ދުވަހު ވިހޭ އަންހެނަކު ދަރިފުޅާއެކު ނިޔާވި މައްސަލައިގައި އިންސާފު ހޯދައި ދިނުމަށް އެދި ގޮވާލައި އެރަށުގައި މިއަދު އިހުތިޖާޖްކޮށްފިއެވެ.

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ކައިރިން މިއަދު ހަވީރު ފެށި އެ އިހުތިޖާޖުގެ ބައިވެރިން ތިބީ ކަޅު ހެދުން ލައިގެންނެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ މިހާދިސާގައި ނިޔާވި ދެމައިންގެ މަރުގެ ތަހުގީގު އަވަސްކޮށް، އިންސާފު ހޯދައިދޭން ގޮވާލައިފައެވެ. ތަފާތު އެކި ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ކުރި މި އިހުތިޖާޖުގައި ވިލިނގިލީ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމަށް ޖިނާޢީ ތަހުގީގެއް ހިންގައި، އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ފުލުހުންނަށް އަންގަވާފަ އެވެ. މި މައްސަލަ ހެލްތު މިނިސްޓްރީން މިހާރު ވަނީ ބަލަން ފަށާފައެވެ. ދެމައިން ނިޔާވުމުގައި ވިލިނގިލީ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން