ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން ކަމަށެވެ.
އެގޮތުން ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ، ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލު ކަމަށް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒު އަލީ ހުސައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
އެމްޑީޕީ އިން ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށެވެ. އަދި ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީކަން އެޕާޓީން ވަނީ ފާހަގަކޮށްފައެވެ. އެމްޑީޕީން ބުނީ ޖުޑީޝަރީ އަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން ގެންދާ މި ދަނޑިވަޅުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އަދުލުވެރި، އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑީޝަރީއެއް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
"ވީމާ، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ކުށްވެރިކޮށް، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީ އިން ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެ ޕާޓީ ދެމިއޮންނާނެކަމުގެ ޔަގީންކަން އެންމެހައި ދިވެހިރައްޔިތުންނަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު