ބޮލުން އިސްތަށި ފައިބަނީ- ގޫގުލް އިމޭޖެސް
ބޮލުން އިސްތަށި ފައިބަނީ- ގޫގުލް އިމޭޖެސް
އިސްތަށިގަނޑުން އިސްތަށި ފާބައި ކުރަކިވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އެންމެ ފަސޭހަކަމާއެކު ހައްލު ކުރެވޭނީ ގުދުރަތީ ގޮތުން ލިބެން ހުންނަ އެއްޗެހި ބޭނުން ކުރުމުންނެވެ.

މިފަހަރު މި ހިމަނާލަނީ ފަސޭހައިން ލިބެން ހުންނަ އަދި އިސްތަށިފޭބުމުގައި އެހީވެދޭ ބާވަތްތަކެވެ.

އޯބަތް

އޯބަތަކީ އޭގައި ގިނަ އަދަދަކަށް އެންޓިސިޑެންޓްސް އާއި، ޕްރޮޓީންގެ އިތުރުން ނިކޮޓިނިކް އެސިޑު ހިމެނޭ އެއްޗެކެވެ. މި ހުރިހާ މާއްދާތަކަކީވެސް އިސްތަށި ފޭބުން ހުއްޓިވައިދީ، އިސްތަށި ފެޅުން އިތުރު ކޮށްދޭ މާއްދާތަކެކެވެ.

ފިޔާ ޖޫސް

ފިޔާ ޖޫހަކީ އޭގައި ގިނަ އަދަދަކަށް ސަލްފާ އެކުލެވޭ އެއްޗެއްކަމުން މި ބޭނުން ކުރުމުން ހަށިގަނޑުގެ ލޭދައުރުވުން ރަނގަޅު ކޮށްދީ އިންފްލެމޭޝަން ވެސް ރަނގަޅު ކޮށްދެއެވެ. އަދި އޭގެ ސަބަބުން އިސްތަށީގެ ފޮލިކަލްތައް ދުޅަހެޔޮވެ، އިންފެކްޝަންތަކުން މީހާ ރައްކާތެރި ކޮށްދެއެވެ. އަދި އޭގެ ސަބަބުން އިސްތަށި ފޭބުން ހުއްޓުވައިދެއެވެ.

ފްލެކްސް ސީޑު

ފްލެކްސް ސީޑަކީ އޭގައި ގިނަ އަދަދަކަށް އޮމެގާ 3 ފެޓީ އެސިޑު ހިމެނޭ އެއްޗެކެވެ. މިބޭނުން ކުރުމުން އިސްތަށި ފޭބުން ހުއްޓުވައިދީ އިސްތަށި ފެޅުން އިތުރު ކޮށްދެއެވެ. އަދި އިސްތަށިގަނޑު ވަރުގަދަވެސް ކޮށްދެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން