އެމެރިކާއާއެކު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ނަމަވެސް އެކަން ކުރާނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ “މެކްސިމަމް ޕްރެޝަރ” ސިޔާސަތުގެ ދަށުން ނޫން ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ ނެރުނު ބަޔާނެއްގައި ވިދާޅުވީ ފިޔަވަޅުތައް އުވާލުމަށް މަޝްވަރާތައް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަން ކުރެވެން އޮތީ 'މެކްސިމަމް ޕްރެޝަރު' ސިޔާސަތުގެ އިމުގެ ތެރޭގައި ނޫން ކަމަށެވެ. ސަބަބަކީ ޓްރަމްޕުގެ ސިޔާސަތާ އެއްގޮތަށް މިކަން ކޮށްފިނަމަ ވާނީ ބަލި ގަބޫލު ކުރުން ކަމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

އަރާޣްޗީ މިހެން ވިދާޅުވެފައި ވަނީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އެފަދަ އުސޫލަކަށް "ފަރުވާކުޑަ" ކަމަށް ވިދާޅުވެ އެމެރިކާއާ މަޝްވަރާ ނުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައި ވަނިކޮށެވެ.

އީރާނުގެ ހުރިހާ ސްޓްރެޓެޖިކް ނިންމުންތަކެއްގެ މައްޗަށް އެންމެ ފަހުގެ ބަސް ވިދާޅުވާ ޚާމަނާއީ އިޝާރާތް ކުރެއްވީ ވޮޝިންޓަނާ އެކު މަޝްވަރާ ކުރުމުގައި ކުރިން އީރާނަށް ލިބިފައިވާ ތަޖުރިބާގެ އަލީގައެވެ. ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި އީރާނުން ވަނީ 2015 ވަނަ އަހަރު އެމެރިކާ، ފްރާންސް، ޖަރުމަން، އިނގިރޭސިވިލާތް، ޗައިނާ އަދި ރަޝިޔާއާ އެކު ނިއުކްލިއާ ޕްރޮގްރާމް ރެގިއުލޭޓް ކުރުމަށް މުހިންމު އެއްބަސްވުމެއް ހަދާފަ އެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ޓްރަމްޕް ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކިވެ، ޔޫރަޕްގެ އިދިކޮޅު ފަރާތްތަކާ އެކު ވެސް ތެހެރާނަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފަ އެވެ.

ޓްރަމްޕް ބުދަ ދުވަހު އީރާނާއެކު "ވަރިހަމަ ނިއުކްލިއާ ސުލްހައިގެ އެއްބަސްވުމެއް" ހެދުމަށް ގޮވާލައްވައި، "ނިއުކްލިއާ ހަތިޔާރު ނުގެންގުޅެވޭނެ" ކަމަށް ވެސް ވަނީ ވިދާޅުވިމެފަ އެވެ.

އީރާނުން ބުނަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ’އެޓޮމިކް‘ ހަތިޔާރު އުފެއްދުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.

ނަމަވެސް އެމެރިކާގެ ރައީސް ވަނީ އަންގާރަ ދުވަހު އޭނާގެ "މެކްސިމަމް ޕްރެޝަރު" ސިޔާސަތު އަލުން ތަންފީޒު ކުރައްވާފައެވެ. އަދި ޗައިނާއަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އީރާނުގެ ސާފުނުކުރާ ތެޔޮ ފޮނުވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށާއި ފަރުދުންނަށް މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުރާސްފަތި ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.

އަރަގްޗީ ހޮނިހިރު ދުވަހު ވިދާޅުވީ "އެކީގައި އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ގައުމަކާ އެކު މަޝްވަރާ ކުރަން އީރާނުން ބޭނުމެއް ނޫން" ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން