ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް
ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

އެމްޑީޕީގެ ތުހުމަތުތައް ދޮގު ކުރަށްވަމުން ފަލާޙް މިއަދު ވިދާޅުވީ އެމްޑީޕީން ދައްކަނީ މުޅީން ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށްވެސް ފަލާޙް ވިދާޅުވެފައިވެއެވެ.

“އެކަން އެހެނެއް ނުކުރައްވާނެ ކަނޑައެޅިގެން ދޮގެއް އެއީ ހަމަ.” ފަލާޙް ވިދާޅުވިއެވެ.

އޭގެއިތުރުން ފަލާޙް ވިދާޅުވީ މިސަރުކާރުން ވަނީ ބާރ ކައުންސިލްގައި އިންނަވާ ބަންޑާރަ ނާއިބުވެސް އެކައުންސިލުން އުނިކޮށްފައި ކަމަށާއި އެހެންކަމުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ރައީސް ޑރ. މުޢިއްޒު އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަން އެނގިގެންދާ ކަމަށެވެ.

ފަލާޙް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށެވެ. އަދި ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަަމަށްވެސް އެ ބަޔާނުުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން