ލ. އިސްދޫގެ ފެނުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 246 ގެއެއްގައި ފެނުގެ ހިދުމަތް ގާއިމް ކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހާމަކޮށްފިއެވެ.
މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ނިންމުމަށްފަހު މިހާރު އޮޕަރޭޓަރާ ހަވާލު ކުރެވިފައިވާ ކަމަށާއި، އަދި މިހާރު ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެރަށުގައި 55 ޓަނުގެ އާރް އޯ ޕްލާންޓާއި، 60 ޓަނުގެ ވާރޭފެން ޕްލާންޓު ގާއިމް ކުރެވިފައި ވެއެވެ. އަދި 400 ޓަނުގެ ވާރޭފެން ރައްކާކުރާނެ ޓޭންކާއި، 415 ޓަނުގެ ބޯފެން ރައްކާކުރާނެ ޓޭންކުވެސް ގާއިމް ކޮށްފައި ވެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 25 ކިލޯވޮޓުގެ ސޯލާ ޕެނެލް ވެސް ގާއިމް ކުރެވިފައި ވެއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ފައިނޭންސު ކޮށްފައިވަނީ އިންޑިއަން އެގްޒިމް ބޭންކުންނެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

ލ. އިސްދޫ ފެނުގެ މަޝްރޫޢުގެ އަދާހަމަ:
— Ministry of Construction, Housing & Infrastructure (@MoCImv) February 9, 2025
މަސައްކަތްތައް ނިންމުމަށްފަހު އޮޕަރޭޓަރާ ޙަވާލުކުރެވި ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން ދަނީ ޚިދުމަތް ފޯރުކޮށްދެމުން
މި މަޝްރޫޢުގެ ދަށުން މުޅިއެކު 245 ގެދޮރުގައި ވަނީ ފެނުގެ ޚިދުމަތް ޤާއިމުކުރެވިފައި
އަދި މި މަޝްރޫޢު ކުރިއަށް… pic.twitter.com/NEcM7Ul4MY
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ފައިނޭންސު ކޮށްފައިވަނީ އިންޑިއަން އެގްޒިމް ބޭންކުންނެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.
ކިޔުންތެރިންގެ ހިޔާލު