ހައިކޯޓުގައި އިސްތިއުނާފުކުރި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ބިންތައް ދޫކުރުމުގައި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެކަމުގައި ޝާމިލުވިކަމުގެ ތުހުމަތުކޮށް ބިން ދޫކުރުމުގައި އިސްކޮށް އުޅުނު ހަތަރު މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އޮތީ މިދިޔަ އަހަރުގެ ޑިސެންބަރު 20 ގައި އަމުރެއް ދީފައެވެ.
އެ އަމުރުގެ މުއްދަތު ހަމަވިފަހުން، ފަހުންވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ޕާސްޕޯޓު ހިފެހެއްޓުމުގެ މުއްދަތު އިތުރުކޮށް ވަނީ އަމުރެއް ނެރެދީފައެވެ.
އެ މައްސަލަ އަކުރަމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން މިދިޔަ ޖެނުއަރީ މަހުގެ 30 ގައި އޮތީ ހުށަހަޅާފައެވެ. ނަމަވެސް، މިއަދު އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ މައްސަލަ ބަލައި ނުގަތުމަށެވެ.
މައްސަލަ ބަލައިނުގަތުމަށް ނިންމި ސަބަބެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލަ އިސްތިއުނާފު ކުރިއިރު އަކުރަމްގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ހާމަކަން ބޮޑުގޮތެއްގައި ސިޔާސީ މަސައްކަތުގައި އުޅޭ ފަރާތެއްކަމަށާއި އެއްވެސް އިރެއްގައި ތަހުގީގަކަށް ނުވަތަ ޝަރީއަތަކުން ފިލައިގެން ގޮސްފައިވާ މީހެއް ނޫންކަމަށެވެ.
އަދި އޭސީސީގެ ބަޔާނުގައި އޭނާގެ ބެންކް އެކައުންޓުގައި ފައިސާހުރި މިންވަރަށް ބަލައި ރާއްޖޭން ބޭރަށް ދިޔުމުގެ ގާބިލުކަން ހުރިކަމަށް ބުނެފައި އޮތުމަކީ ތަހުގީގަށް އެއްބާރުލުން ނުދީ ފިލައިގެން ދާން އުޅޭކަން ސާބިތުކޮށްދޭ ހެއްކެއް ނޫންކަމަށް ވެސް އަކުރަމް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު