ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މެދު ރައްޔިތުން ކުރި އުއްމީދު އާވެގެން ގޮސްފައިވާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ސަރުކާރެއް ކަމަށެވެ. އެގޮތުން ގައުމުގެ އަމަންއަމާންކަމާއި ޤައުމުގެ ހަމަޖެހުމަށް ވަރަށް ބޮޑު ސަމާލުކަމެއް ސަރުކާރުން ދޭ ކަމަށް ފަލާޙް ވިދާޅުވިއެވެ.

ރައްޔިތުންގެ ސަލާމަތާއި ގުޅުން ހުރި ގިނަ ޤާނޫނުތަކާއި މުޖުތަމަޢުގެ ސަލާމަތާއި އާންމު ފަރުދުންނާއި ގުޅޭ ޤާނޫނުތަކެއް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ކަމަށް ފަލާޙް ވިދާޅުވިއެވެ. ފަލާޙް ވިދާޅުވީ މި ސަރުކާރާއި ރައީސް މުޢިއްޒާއި މެދު ފަޚުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި މި ފަސްއަހަރު ޤަައުމަށް ވަރަށް ހެއު ބަދަލުތަކެއް އަންނާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން އެމަނިކުފާނު (ރައީސް މުޢިއްޒު) އާއި ދޭތެރޭ ކުރި އުއްމީދު މިއަދު އާވެގެން ހިގައްޖެ، އިތުރުވެގެން ހިގައްޖެ. އެމަނިކުފާނަކީ މި ޤައުމު ދެކެ އެންމެ ލޯބިވާ އެންމެ މި ޤައުމަށް ހެއު އެދޭ ރައީސްގެ ގޮތުގައި މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންނަށް ފާހަގަކުރެވިއްޖެ،" ފަލާޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން