ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވަން ބޭންކު އޮފް މޯލްޑިވިސް އާއި މަރުކަޒީ ބޭންކު އެމްއެމްއޭއަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ. އަދި އެ ބަދަލު ގެންނަވަން ނިންމެވީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަދި އެމްއެމްއޭ އަށް ދަންނަވައިފިން،" ރައީސް މުޢިއްޒު އެކްސްގައި ވިދާޅުވެފައި ވެއެވެ.
ރައީސް މިފަދަ އެންގެވުމެއް އެންގެވިއިރު އަލަށް އެކުލަވާލި ބޭރުފައިސާގެ ގާނޫނުގެ ދަށުން ގިނަ ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު ވަނީ މާރު ކޮށްފައެވެ.
ޑޮލަރު މާރުކުރުން ލާޒިމުކުރާ ގާނޫނާ އެކު މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ހޯދަން ކަޅު ބާޒާރަށް ދާން ނުޖެހޭނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ ޓޫރިޒަމް ވިޔަފާރިތަކާއި 15 މިލިިއަނަށް ވުރެ މަތިން ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުގެ ހެޔޮ އަސަރު ވަރަށް އަވަހަށް ދައުލަތުގެ ރިޒާވަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރަން ފަށާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު