ރޯދަ މަހާ ދިމާކޮށް ގޭގެއަށް މަސްދަޅު ބަހަން ފަށައިފި އެވެ.
ރޯދައަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބަހަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާކުރެއްވީ މިދިޔަ ނޮވެމްބަރު މަހު އެވެ.
ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު ބުނީ ރައީސްގެ ވައުދާ އެއްގޮތަށް ދަޅު މަސް ބަހަން މިހާރު ފަށާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ދަޅުމަސް ކޭސް ބަހަން އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅަށް ކަމަށެވެ.
މިފަހަރުގެ ރޯދަ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން މަސް ދަޅު ކޭސް ބަހަން ނިންމިއިރު، މިދިޔަ ރޯދަ މަހު ގޭބިސީތަކަށް ދިނީ ފުށް އަދި ހަކުރު ބަސްތާއެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަމަޟާންމަހުގެ ފަހު 10 ދުވަހަކީ ސަރުކާރުގެ އޮފީސްތައް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު