ބްރިކްސް އާ ގުޅެން ލިބުނު ދައުވަތު މަޑުޖައްސާލުމަށްފަހު ސައުދީ އަރަބިއްޔާއިން އެމެރިކާގައި 600 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފިއެވެ.
ސައުދީ އަރަބިއްޔާއަށް 2023 ވަނަ އަހަރު ބްރިކްސްއާ ގުޅުމަށް ދައުވަތު ދީފައިވީ ނަމަވެސް އެ ދައުވަތު ގަބޫލުކުރުމާ ބެހޭ ގޮތުން ސައުދީ ސަރުކާރުން އަދި ގޮތެއް ނުނިންމަ އެވެ. އެމެރިކާއާއެކު ވިޔަފާރީގެ އެއްބަސްވުންތައް ކުރިއަށް ގެންދާތީ އެ ބްރިކްސް އާ ގުޅުމުގެ ނިންމުން ވަނީ މަޑުޖައްސާލާފައެވެ.
ރިޕޯޓުތައް ބުނާގޮތުން، ސައުދީ އަރަބިއްޔާގެ ’ވިޝަން 2030 މިޝަން‘ ފުރިހަމަ ކުރުމަށް އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާތީ ބްރިކްސްއާ ގުޅެން ސައުދީއިން ފަސްޖެހެ އެވެ. އެމެރިކާއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަކީ އެމެރިކާގެ މާލީ ކުރިމަގުތަކަށް ހުރަސްއެޅި، އިގްތިސާދީ ގޮތުން ހީނަރުކަން ކުރިމަތިވާނެ ކަމެއް ކަމަށް ސައުދީން ދެކެއެވެ.
އެހެންކަމުން ބްރިކްސް މަޑުޖައްސާލުމަށްފަހު ސައުދީ އަރަބިއްޔާއިން ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އެމެރިކާގައި 600 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ރާވާފައެވެ.
ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވިދާޅުވީ، ސައުދީއިން ބޭނުންވަނީ އެ އަދަދު އިންވެސްޓްކޮށް ވިޔަފާރި ފުޅާކުރުމަށެވެ. ވަލީއަހުދު ވިދާޅުވީ މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ސައުދީ އަރަބިއްޔާ އާއި އެމެރިކާއާއި ދެމެދު "ކުރިން ނުފެންނަ އިގްތިސާދީ ތަނަވަސްކަމެއް" އުފެދިގެންދާނެ ކަމަށެވެ.
ނަމަވެސް 600 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނީ ކޮން ދާއިރާއަކަށް ކަމެއް ސައުދީން ތަފްސީލުކޮށްފައެއް ނުވެ އެވެ. އެއީ އަމިއްލަ ދާއިރާއަށް ނުވަތަ އާންމު ދާއިރާއަށް އިންވެސްޓް ކުރާނެ ކަމެއްކަން ސާފުކޮށްދީފައި ނުވާއިރު، އެ ފައިސާ ހަރަދުކުރާނެ ގޮތުގެ މައުލޫމާތެއް ވެސް ނުދެ އެވެ.
އެމެރިކާގެ އިންވެސްޓްމަންޓްތައް ބްރިކްސް އިން ވަރަށް ގާތުން ބަލަމުންދާއިރު އެ އިއްތިހާދުން ބޭނުންވަނީ ސައުދީ އަރަބިއްޔާ އެ ގްރޫޕާ ގުޅެން ކަމަށް ވެސް ބްރިކްސް އިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު