އޭސީސީގެ ނައިބު ރައީސަކަށް އައްޔަނު ކުރެއްވުމަށް ރައީސް ފޮނުއްވި ނަންފުޅު ބަދަލު ކުރަށްވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ މަޖިލީހަށް ފޮނުއްވީ އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން ގެ ނަންފުޅެވެ.
ނަމަވެސް މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ރައީސް ވަނީ އޭސީސީގެ ނައިބުރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު، އަބްދުﷲ ނާޝިދު، ފަސާނާ، ރ. އަލިފުށި ޢައްޔަނު ކުރެއްވުމަށް ހުށައަޅުއްވާފައެވެ.
އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރެއްވުމަަށް ރައީސް ފުރަތަމަ ފޮނުއްވި ނަންފުޅު ބަދަލު ކުރެއްވި ސަބަބު ރައީސް އޮފީހުގެ ސިޓީގައި ހާމަކުރަށްވާފައެއް ނުވެއެވެ.
އަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ވަނީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވައިފަ އެވެ.
އޭސީސީނގެ ނައިބުރައީސްގެ މަޤާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހު ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު