އިމިގްރޭޝަނުން އަތުލައިގަތް ދެމީހުން
އިމިގްރޭޝަނުން އަތުލައިގަތް ދެމީހުން
ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 2 ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބިދޭސީ އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

“މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްފަހު، މީގެ ތެރޭގައި ހިމެނޭ ބިދޭސީ އަންހެން މީހާ ވަނީ ޑިޕޯޓުކުރެވިފައި. އަދި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ބިދޭސީ ފިރިހެން މީހާ ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން.” އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި މައްސަލާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނޭޕާލަށް ނިސްބަތްވާ ޢުމުރުން 52 އަހަރުގެ ޗަތުރާ ބަހާދުރު ބާޖީ އާއި އިންޑިއާއަށް ނިސްބަތްވާ ޢުމުރުން 39 އަހަރުގެ ގީތާ ކުމާރަސާމީ އެވެ.

ރާއްޖޭގައި ކުށުގެ ވެށީގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އިމިގްރޭޝަނާ ގުޅިގެން ހިންގަމުންދާ ރެއިޑުތަކުން އަތުލައިގަނެވޭ މީހުންނާމެދު ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން މިސަރުކާރުން މިހާތަނަށް ވަނީ 6000 އަށްވުރެ ގިނަ ބިދޭސީން ޑިޕޯޓު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން