މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓު ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރާ ތަނެއް ނުފެންނަ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަމީރު ވިދާޅުވީ މި ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށާއި، އެ ފިޔަވަޅުތަކުގެ ސަބަބުން 7 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާކޮށްފައި ވާކަމަށެވެ. ނަމަވެސް މި މަސް ނިމެންދާއިރު، ފެންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް މި ސަރުކާރުން "އުނބަށް ޖަހަމުން" ދާތަން ކަމަށާއި، މިއަހަރުގެ ބަޖެޓު ޕްލޭނާ އެއްގޮތަށް ކަންތައް ކުރާތަން ނުފެންނަ ކަމަށް އަމީރު ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަސާސީ ޕެންޝަން ހަމައެކަނި ހައްގުވެރިންނަށް ދިނުމަށާއި ރައްޔިތުންނަށް ލިބޭ ސަބްސިޑީއާއި ޕެންޝަންގެ ރިފޯމްތައް ގެންނާނެ ވާހަކަ ފާހަގަ ކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ނަމަވެސް މިހާރު ފެނިގެންމިދަނީ ސަރުކާރުގެ އިސްބޭފުޅުންނާއި ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުތައް ވަރަށް ބޮޑަށް ބަދަލުވެފައިވާތަން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
އަމީރު ވިދާޅުވީ ކުންފުނިތަކަށް ނަގާ މުވައްޒަފުންނާއި ސިޔާސީ މީހުން އިތުރުވަމުންދާ ކަމަށާއި، މި މިސްރާބުން ސަރުކާރު ކުރިއަށްދާނަމަ 7.7 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
އަދި މިހާރު ދާ ގޮތަށް ސަރުކާރުގެ ކަންކަން ދާނަމަ، މި އަހަރު އަނެއްކާ ވެސް ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
މިދިޔައަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހު މި ސަރުކާރުން ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައެވެ. އެެއާއެކު މިދިޔަ އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މިއަހަރުގެ ބަޖެޓު ހުށަހެޅިއިރު ސަރުކާރުން ބުނެފައިވަނީ މި ބަޖެޓާ އެއްގޮތަށް މާލީ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި މި އަހަރު ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނުޖެހި ނިންމާލެވޭނެ ކަމަށް ސަރުކާޜުން ބުނެފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު