މަންމައާއި ދަރިފުޅު އެކުގައި ވަގުތު ހޭދަކުރުން- ގޫގުލް އިމޭޖެސް
މަންމައާއި ދަރިފުޅު އެކުގައި ވަގުތު ހޭދަކުރުން- ގޫގުލް އިމޭޖެސް
ދަރިން ތަރުބިއްޔަރު ކުރުމަކީ އުފާވެރި ކަމެއް ނަމަވެސް އެއީ ވަރަށް ބޮޑު ޒިންމާއެކެވެ. ކުދިންގެ ބޭނުންތައް ފުއްދުމަށް މަސައްކަތްކުރާއިރު، މައިންބަފައިންނަށް އެމީހުންގެ އަމިއްލަ ބޭނުންތަކަށް އިހުމާލުވެދާނެއެވެ. މިކަމުގެ ސަބަބުން ނަފްސާނީ ބުރަ އިތުރުވެ، މީހާ ވަރަށް ބޮޑަށް ސްޓްރެސް ވެއެވެ. މިފަހަރު މި ހިމަނާލަނީ ދަރިން ތަރުބިއްޔަތު ކުރުމުގެ ސްޓްރެސްއާ ދުރުވެވޭނެ ބައެއް ގޮތްތަކެވެ.

އަމިއްލަ ނަފްސަށް ވަގުތު ދިނުން

ދަރިންނަށް ވަގުތު ދިނުމަކީ މުހިންމު ކަމެއް ފަދައިން އެމީހެއްގެ އަމިއްލަ ނަފްސަށް ވަގުތު ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ސްޓްރެސް އާ ދުރުވުމަށްޓަކައި އަމިއްލަ ނަފްސަށް ވަގުތު ހުސްކޮށް، ތިބާ ޝައުގުވެރިވާ ކަންތައް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެހީތެރިކަން ހޯދުން

ދަރިން ބެލެހެއްޓުމުގެ ޒިންމާ އެކަނި މާއެކަނި އުފުލަން އުނދަގޫ ވެދާނެއެވެ. އަދި އޭގެ ސަބަބުން މީހާ މާ ބޮޑަށް ސްޓްރެސްވެސް ވެދާނެއެވެ. ވީމާ އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންގެ އެހީތެރިކަން ހޯދުމަކީ ބުއްދިވެރި ކަމެކެވެ. އެމީހުންގެ އެހީތެރިކަމާއެކު ތިބާއަށް ހުސްވަގުތު ލިބި، ނަފްސާނީ ބުރަ ލުއިވާނެއެވެ.

އެހެން ބެލެނިވެރިންނާ ގުޅުން ބަދަހި ކުރުން

އެހެން ބެލެނިވެރިންނާ ގުޅުން ބަދަހިކޮށް، އެމީހުންގެ ތަޖުރިބާތަކާއި ލަފާ ހޯދުމަކީވެސް ފައިދާހުރި ކަމެކެވެ. މިކަމުން ތިބާއަށް އިތުރު އެހީތެރިކަމާއި ހިތްވަރު ލިބޭނެއެވެ. އަދި ސްޓްރެސް އާ ދުރުވެވޭނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން