މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މައްޗަށް ގޯޅީ ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެެއިން ހުށަހެޅުއްވި ބިލުގެ ބަހުސް ނިންމައި އެ ބިލު ބަލައިގަތުމާ ގުޅޭ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފަ އެވެ.

އެ ބިލު ބަލައިގަންނަން 42 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ. އެއާއެކު އެ ބިލު އިތުރަށް ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން ބޮޑެތި ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރިކުށްތައް ހިންގާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުތައް ދެވޭނެ އެވެ.

ހަމަ އެހެންވެ ބޮޑެތި ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރިކުށްތައް ކުރާ ފަރާތްތައް އުޅޭ ނޫޅޭ ގޮތް ބަލައި މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ހާއްސަ އުސޫލުތައް ބިލުން ކަނޑައެޅޭނެ އެވެ.

ރާއްޖޭގައި ތަފާތު އެކި ބާވަތުގެ ކުށްތައް ކުރުން އިތުރުވެފައިވާއިރު، އާންމުންގެ އެންމެ ބޮޑު ބިރަކީ ގޭންގްތަކުގެ ނުރައްކާ ބޮޑުވަމުން ދިއުމެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އެކަން ބޮޑެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން