އިތުރަށް ބަލަން ނުތިބެ ރައީސަށް ހައްދުފަހަނަ އަޅާވަރަށް ބާރުތައް ދިނުމަށް އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ގޮވާލައްވައިފިއެވެ.
ގޭންގުތަކުން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލުގެ ބަހުސް މަރުޙާލާގައި މަޖިލީހުގެ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ މި ޤާނޫނުގެ ދަށުން ފުލުހުންނާއި ވަޒީރުންނަށާއި ރައީސަށް ބާރުތައް ދޭންވީ ހައްދުފަހަނަ އަޅާ ވަރަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު މައްސަލައެއް ނުނިކުންނާނެ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ ބަޔަކަށް ބާރުތަކެއް ދީގެން އެފަރާތަތަކުން ނާޖާއިޒު ފައިދާ ނަގާނަމަ މަޖިލީހަށް އެކަން ހުއްޓުވޭނެ ކަމަށާއި އެހެން ކަމުން އެއީ އިތުރަށް ވިސްނަންޖެހޭ ކަމެއް ނޫން ކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާއަށް ދޭންވީ ހައްދުފަހަނައަޅާ ވަރަށް ބާރު ގައުމު ހިންގަން.” އިބްރާހިމް ދީދީ ވިދާޅުވޮއެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އަމާންކަން ޤާއިމުވެފައިވަނީ ވެރިކަން ހިންގާ ފަރާތްތަކަށް ފުރިހަމަ ބާރުވެރިކަން ދީގެންކަން ދީދީ ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންވެސް ބޭނުންވަނީ އަމާން ސުލްޙަވެރި މުޖުތަމައެއް ކަމަށާއި އެކަން ކުރުމަށް މަޖިލީހުގެ ޒިންމާ އަދާކުރަން ޖެހޭކަމަށް ދީދީ ވިދާޅުވިއެވެ.
“ނުޖެހޭ ބަލާކަށެއް. ތަރައްގީ ރައްޔިތުން ބޭނުންވަނީ. ސުލްހަވެރިކަން ބޭނުންވަނީ. އަމާންކަން ބޭނުންވަނީ.” ދީދީ ވިދާޅުވެފައިވެއެވެ.
ދީދީ މިހެން ވިދާޅުވެފައިވާއިރު ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު މިއަދު ވަނީ 42 މެންބަރުންގެ އަގުލަބިއްޔަތުން މަޖިލީހަށް ބަލައިގަނެ، ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު