ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދިއުމަށް ޕީއެންސީގެ ފަރާތުން މަޖިލީހުގެ ޤަވާއިދަށް އިސްލާހެއް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ އިސްލާޙް ހުށައެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ އިސްލާހު ހުށަހެޅުމުން ދިރާސާކުރުމަށް އެއިސްލާޙް ފޮނުވާފައިވަނީ މަޖިލީހުގެ އާންމު ކޮމެޓީއަށެވެ.
ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށައެޅި އިސްލާޙުގައި ވަނީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި މި ދައުރު ކުރުކޮށްލުމަށާއި މިއަހަރުގެ ދެން ހުރި ދައުރުތައް ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށެވެ. އަދި މި އުސޫލަށް އަމަލު ކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރަށް ކަމަށްވެސް އިސްލާޙުގައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީން މިފަދަ އިސްލާޙެއް މަޖިލީހުގެ ޤަވާއިދަށް ހުށައެޅީ ރޯދަމަހު މަޖިލީހުގެ މަސައްކަތްތަކަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް އޮތް ފުރުސަތު ކުޑަވެގެންދާނެތީ އެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ދެމިގެންދަނީ 1 ފެބްރުއަރީން 15 މޭގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް ކުރިޔަށް ދާއިރު ތިން ވަނަ ދައުރު ދެމިގެންދަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ.
މަޖިލީހުގެ މިދައުރު ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު