ފުލުހުން މަގެއްގައި ޕެޓްރޯލްކުރަނީ--
ފުލުހުން މަގެއްގައި ޕެޓްރޯލްކުރަނީ--
ވޭޕްކުރާތަކެތި އަތުލުމުގެ ބާރުވެސް ފުލުހުންނަށް ދީފިި އެވެ.

މިދިޔަ ޑިސެމްބަރު މަހު 15 އިން ފެށިގެން އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ އާ އިސްލާހުތަކާއެކު ރާއްޖޭގައި ވޭޕްކުރުމާއި ވޭޕްކުރާ ތަކެތި ވިއްކުމާއި ބެހުންވެސް ވަނީ މަނާވެފަ އެވެ.

އޭގެ ފަހުން ވޭޕްކުރާ ފަރާތްތައް ޖޫރިމަނާކުރަމުން ދިޔަ ނަމަވެސް ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ވޭޕްގެ ބާވަތްތައް އަތުލުމުގެ ބާރު ނުލިބޭކަމަށް ބުނެ އެ ތަކެތި ފުލުހުން އަތެއްނުލައެވެ.

އެކަމާ ގުޅިގެން ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ހެލްތު މިނިސްޓްރީން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާ ގަވައިދެއް އެކުލަވާލައި ގެޒެޓްކޮށް މިއަދުން ފެށިގެން އެ ގަވައިދަށް އަމަލުވެސް ކުރަން ފަށައިފަ އެވެ.

އެ ގަވައިދުގައި ބުނާގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނގިރޭޓާއ،ި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއ،ި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުންކުރުން މަނާތަނެއްގައި ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނިއްޖެ ނަމ،ަ އެ އެއްޗެއް ކަމާ ގުޅޭ ތަންފީޒީ އިދާރާއަށް ނެގިދާނެ އެވެ.

ތަންފީޒީ އިދާރާގެ ގޮތުގައި ފުލުހުންނާއި ކަސްޓަމްސްވެސް ހިމެނެ އެވެ.

ވޭޕްފަދަ ތަކެތި އަތުލުމަށް ފަހު އަނބުރާ ދޫނުކުރެޥޭނެ ކަމަށާއި އަދި އެތަކެތި ތަންފީޒީ އިދާރާތަކުން ނައްތާލަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން