ވައުދާ ހިލާފުވެ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ފަރާތަކަށް ލިބުނު ބޮޑު ގެއްްލުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުންނުވާނެ ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުން އޮޅުވާލުމަށްޓަކައި ދައްކާ ވާހަކަތަކެއް ކަމަށް ފައްޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ.
އަދި ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކޮށްގެން ހައްލު ހޯދަން ޖެހޭ ކަމެއްގައި ސަރުކާރުން މިގޮތަށް ކަންތައް ކުރުމުން ކަންބޮޑުވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ބޭނުންވާއިރަށް ކޮންމެފަދަ ވިޔަފާރިއެއްގެ ތެރެއަށް ވަނުމަކީ އޮވެގެން ވާނެ އިހްތިޔާރެއް ނޫންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދުވެސް މިއަދު ވަނީ މިކަމަށް ފާޑު ވިދާޅުވެފައެވެ.
އެމްޑީޕީއިން ދެކޭ ގޮތުގައި މިކަމުން ދޭހަވަނީ ސަރުކާރުގެ އަމާޒެއް ނެތް ކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ ކަމެވެ.
ސަރުކާރުން މިއަދު ވަނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލު ކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށެވެ.
އީވީ ޓެކްސީ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އީވީ ޓެކްސީ ލައިނުން މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށެވެ.

ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަމާ ހިލާފުވެ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް. އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން…
— Fayyaz Ismail (@faya_i) February 12, 2025
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދުވެސް މިއަދު ވަނީ މިކަމަށް ފާޑު ވިދާޅުވެފައެވެ.
އެމްޑީޕީއިން ދެކޭ ގޮތުގައި މިކަމުން ދޭހަވަނީ ސަރުކާރުގެ އަމާޒެއް ނެތް ކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ ކަމެވެ.
ސަރުކާރުން މިއަދު ވަނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލު ކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށެވެ.
އީވީ ޓެކްސީ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އީވީ ޓެކްސީ ލައިނުން މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު