ރޯދައިގެ ކުރިން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި އެއާއެކު އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ގިނަގުނަ ގެއްލުންތަކެއް ލިބެމުން ދިޔަ ނަމަވެސް އެ މައްސަލަ ހައްލުކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މާލެއަށް ފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތީ އައްޑޫގައިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަަ ހައްލުކުރަން ސަރުކާރުން ހާއްސަ ޕްލޭންތަކެއް ވެސް ހަަދަން ޖެހޭ ކަމަށެވެ.
"މައްސަލަ ޙައްލުނުވެ ދިގުލައިގެންދާ ދިޔުމުން، ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން ދެއްވާކަމަކަށް ޤަބޫލެއް ނުކުރެވޭ. ރަމަޟާން މަހު ކަރަންޓުގެ އަސާސީ ޙައްޤުން އައްޑޫ ރައްޔިތުން މަޙްރޫމްނުކޮށް، ދަތިޙާލު ނުޖައްސައި، ރޯދައިގެ ކުރިން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލަން."ޝާހިދު ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަަލަ އަނެއްކާވެސް ކުރިމަތިވީ ޖެނެރޭޓަރުތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެން ނެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެއްވެސް ސަރުކާރަކުން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ އައްޑޫ ރައްޔިތުން މީސް މީޑިއާގައި އަބަދުވެސް ނުރުހުން ފާޅުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު