މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން--
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން--
ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދަން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ރޯދަ މަހު މަޖިލިސް ކުރިއަށް ނުގެންދާ ގޮތަށް މަޖިލީހުގެ އާންމު ގަވައިދަށް އިސްލާހު ގެންނަން އިއްޔެ އެ މައްސަލަ ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ގޮެތެއް ނިންމުމަށް މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ރިފާއު ހުށަހެޅުއްވި ގޮތަށް ގަވައިދު ބަދަލުކުރަން ވަނީ ފާސްކޮށްފަ އެވެ.

އެ ނިންމުމާ އެއްކޮޅަށް ޕީއެންސީގެ މެމްބަރުން ވާހަކަ ދެއްކެވި އިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ އެ ނިންމުމާ ދެކޮޅުކަން ހާމަކުރައްވައިފަ އެވެ.

ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށައެޅި އިސްލާޙުގައި ވަނީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި މި ދައުރު ކުރުކޮށްލުމަށާއި މިއަހަރުގެ ދެން ހުރި ދައުރުތައް ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށެވެ. އަދި މި އުސޫލަށް އަމަލު ކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރަށް ކަމަށްވެސް އިސްލާޙުގައިވެއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ދެމިގެންދަނީ 1 ފެބްރުއަރީން 15 މޭގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް ކުރިޔަށް ދާއިރު ތިން ވަނަ ދައުރު ދެމިގެންދަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން