ސަރުކާރުން ޓެކްސީ ވިޔަފާރިއަށްވަދެ، ޓެކްސީ ހިދުމަތް ދޭ ލައިނެއް އިފްތިތާހު ކުރުމަށް ނިންމުމާ ގުޅިގެން މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރި ފަރާތްތަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ އުފުލައިފިއެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ފަށަން ނިންމުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހު ޓެކްްސީ ޑްރައިވަރުން ވަނީ ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭ ބަންދުކޮށް އިހުތިޖާޖެއް ކޮށްފަައެވެ.
މިކަމުގައި ބައިވެރިވި ތިން ޓެކްސީ ޑްރައިވަރަކަށް ޕީޖީ އޮފީހުން އިއްޔެ ވަނީ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި މއ. ވިރާހު، މުހައްމަދު ޝާމިން، 39 އާއި މއ. ނަހީދީމަންޒިލް، މިސްބާހް ޝަރީފް، 31 އަދި ހދ. ކުމުންދޫ، ހޮލިޑޭވިލެޖް، ނުއުމާން އަހްމަދު، 36 ހިމެނެއެވެ.
މި ދައުވާތަކާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަންގެ އިވެންޓު ކޯޑިނޭޓަރ މިސްބާހު އެކްސްގައި ޕޯސްޓެއް ހިއްސާ ކުރަމުން ބުނެފައިވަނީ ދައުވާ އުފުލިކަން އަންގާފައިވަނީ އީވީ ޓެކްސީ އިއުލާން ކުރިތާ ބައި ގަޑި އިރު ފަހުން ކަމަށެވެ.
އަދި ޑްރައިވަރުންގެ ހައްގުގައި ވަކާލާތު ކޮށްގެން ހައްޔަރަށް ދާން ޖެހިއްޖެ ހާލަތެއްގައި ފަސްނުޖެހި ދާނެކަމަށްވެސް މިސްބާހު ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނީ ބިރެއް ނުދެއްކޭނެ ކަމަށާއި، އަނގައިގައި ތަޅެއްވެސް ނޭޅުވޭނެ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލު ކޮށްފައެވެ.
އީވީ ޓެކްސީ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އީވީ ޓެކްސީ ލައިނުން މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށެވެ.

Miadhu @ameen3d ge taxi fleet iulaan kurithaa 30 minute fahun alhugandah court ah annan phone call ae. Adhi dhauvaa form balaa annan buni. Bunan miulheny driverunge hagguga vakaalaathu kohgen hayyarah dhaan jehiyyje haalathehga fas nujehidhaan kerigen nikume mihury. Bireh… pic.twitter.com/FTB1KTIF0p
— Misbah Shareef (@misbah5415) February 12, 2025
ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލު ކޮށްފައެވެ.
އީވީ ޓެކްސީ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އީވީ ޓެކްސީ ލައިނުން މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު