އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރުމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ޅ. ނައިފަރަށް ފުރާވަޑައިގެންފި އެވެ.
ނައިފަރަށް ފުރާވަޑައިގަންނަވަމުން ޝާހިދު އެކްސްގައި ވިދާޅުވީ އެ ދަތުރުގައި ނައިފަރުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކޮށް، ޕާޓީގެ ޙަރަކާތްތަކާބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ އިސް ބޭފުޅަކު "ރަސް"އަށް ވިދާޅުވީ އެ ދަތުރުގައި އެމްޑީޕީގެ އިސް 10 ވަރަކަށް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
އަދި ދަތުރުުގެ ތެރެއިން މާހެފުމެއްގައި ވެސް އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް "ރަސް"އަށް މައުލޫމާތު ދެއްވި އެމްޑީޕިގެ އިސް ބޭފުޅާ ވިދާޅުވި އެވެ.
އެމްޑީޕީގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު މިހާރު ވަނީ ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރުކުރުކޮށްފަ އެވެ.
އެގޮތުން މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާ ދެކޮޅަށް އެމްޑީޕީން މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ރޭ ވަނީ ބޮޑު ހިނގާލުމެއް ވެސް ބާއްވައިފަ އެވެ.
އެމްޑީޕީން ކުރިން ބުނެފައިވާ ގޮތުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާ ދެކޮޅަށް މުޅި ރާއްޖޭގައި ހަރަކާތްތައް ހިންގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު