ރާއްޖެ ސަރަހައްދުގައި މިހާރު ދިމާވެފައިވާ ވައި ނުސާފުވުމުގެ މައްސަލައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ އަސަރުކޮށްފާނެ ކަމަށާއި އެކަމަށް ސަމާލުވާންޖެހޭކަމަށް ކުރީގެ ރައީސް އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވައިގެ ކޮލިޓީ ކޮންމެ އަހަރަކު ވެސް ގޯސްވަނީ މި މޫސުމުގައި ކަމަށާއި މިއީ ވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވާއިރު ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިގޮތަށް މިކަން ވާނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ހުރިހާ ތަޣައްޔަރުކަމެއް ވެސް ގާތްގަނޑަކަށް އަންނަނީ އެހެން ގައުމުތަކުން ކަމަށާއި އެހެންކަމުން މިކަން ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މާލެ ސަރަހައްދުގެ ވައި ނުސާފުވެ ސަރުކާރުކާރުގެ ކަމާގުޅޭ އިދާރާތަކުން މިހާރުވަނީ ބޭރަށް ނުކުމެ އުޅުމުގައި އެކަމަށް ސަމާލުވުމަށް ވެސް އެދިފައެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މިހާރު މާލެ ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ 55 ގައެވެ.

Maldives air quality gets worse every year during this season, which is also peak tourist season. If it continues it is bound to negatively affect tourism. Almost all of this pollution blows in from other countries. We must work collectively to address this problem.
— Mohamed Nasheed (@MohamedNasheed) February 14, 2025
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ހުރިހާ ތަޣައްޔަރުކަމެއް ވެސް ގާތްގަނޑަކަށް އަންނަނީ އެހެން ގައުމުތަކުން ކަމަށާއި އެހެންކަމުން މިކަން ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މާލެ ސަރަހައްދުގެ ވައި ނުސާފުވެ ސަރުކާރުކާރުގެ ކަމާގުޅޭ އިދާރާތަކުން މިހާރުވަނީ ބޭރަށް ނުކުމެ އުޅުމުގައި އެކަމަށް ސަމާލުވުމަށް ވެސް އެދިފައެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މިހާރު މާލެ ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ 55 ގައެވެ.
ކިޔުންތެރިންގެ ހިޔާލު