ދަރިންނަކީ ކޮންމެ ދެމެފިރިއަކަށްވެސް ލިބޭ ވަރަށް ބޮޑު ނިއުމަތެކެވެ. ޒަވާޖީ ހަޔާތެއް ފަށައި ދިރިއުޅުން އިތުރަށް ކުލަގަދަ ކުރުމަށްޓަކައި ކޮންމެ މީހަކުވެސް އާއިލާއެއް ބިނާ ކުރަން ބޭނުން ވެއެވެ. ނަމަވެސް މިއީ ބައެއް މީހުންނަށް ވަރަށް ދަތި އުނދަގޫ ކަމެކެވެ.
މިފަހަރު މި ހިމަނާލަނީ ބައްޕައަކަށްވުމުގެ ފުރުސަތު އިތުރު ކުރުމަށްޓަކައި ކުރަންވީ ބައެއް ކަންކަމެވެ.
ބަރުދަން ދެމެހެއްޓުން
ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ އޭގެ ސަބަބުން ފިރިހެނުންގެ ދަރިން ލިބުމުގެ ގާބިލުކަމަށް އަސަރު ކުރާ ކަމެކެވެ. މިކަމުގެ ސަބަބުން ހޯމޯން އުފެއްދުމަށާއި، މަނީގެ ފެންވަރަށް އަސަރުކުރެއެވެ. އެހެންކަމުން ބައްޕައަކަށް ވާން ބޭނުންވާނަމަ ދުޅަހެޔޮ ހަށިގަނޑެއް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ.
ރަނގަޅު ކާނާ ކެއުން
ދަރިން ލިބުމުގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި ރަނގަޅު ކާނާ ކެއުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ބައްޕައަކަށް ވާން ބޭނުންވާނަމަ މޭވާއާއި ތަރުކާރީގެ އިތުރުން ވިޓަމިން ސީ، ވިޓަމިން ޑީ، ޒިންކް އަދި ފޮލޭޓް ހިމެނޭ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ.
ސްޓްރެސް ކުޑަކުރުން
މީހާ މާބޮޑަށް ސްޓްރެސްވާނަމަ އެކަމުގެ ސަބަބުން ހަށިގަނޑުގެ ހޯމޯންތަކަށް އަސަރުކޮށް، ދަރިމައިވުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އެހެންކަމުން ބައްޕައަކަށްވާން މަސައްކަތް ކުރާނަމަ ސްޓްރެސް މެނޭޖު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު