ހެނދުނުގެ ނާސްތާ ނަގަނީ- ގޫގުލް އިމޭޖެސް
ހެނދުނުގެ ނާސްތާ ނަގަނީ- ގޫގުލް އިމޭޖެސް
ހެނދުނު ކޮންމެ މީހަކުވެސް ގެންގުޅޭ އާދަތަކަކީ އެކަމުގެ ސަބަބުން އެމީހެއްގެ މުޅި ދުވަހަށް އަސަރުކުރާ ކަންތަކެވެ. ހެނދުނުގެ ވަގުތަކީ މީހާގެ ސިކުނޑި އެންމެ ހަރުދަނާކޮށް މަސައްކަތްކުރާ ވަގުތެވެ. އެހެންކަމުން، މި ވަގުތުތަކުގައި ސިކުނޑިއަށް ފައިދާހުރި ކަންތައްތަކެއް ކުރުމަކީ މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ސިކުނޑީގެ ބާރު ގަދަކޮށް، ހަނދާން ގަދަކުރުމަށްޓަކައި ކޮންމެ ދުވަހަކު ހެނދުނު ކުރަންވީ ބައެއް ކަންކަމެވެ.

އަވަހަށް ހޭލުން

ހެނދުނު އަވަހަށް ހޭލުމަކީ މީހާގެ ސިކުނޑިއަށް ވަރަށް ފައިދާ ކުރާނެ ކަމެކެވެ. މިކަމުން ސިކުނޑި ހަރުދަނާވެ، ހަނދާން ވަރުގަދަ ކުރުމުގެ ގާބިލިއްޔަތު އިތުރު ވާނެއެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ މީހާގެ އުފެއްދުންތެރިކަން އިތުރުވެ، އަމިއްލަ ނަފުސަށް އިތުބާރު ކުރެވޭ ވަރުވެސް އިތުރުވެއެވެ.

ނާސްތާ ނެގުން

ހެނދުނުގެ ނާސްތާ ނެގުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. މިކަމުން ތިބާގެ ސިކުނޑިއަށް ބޭނުންވާ ހަކަތަ ލިބި، ސިކުނޑި ހަރުދަނާވެއެވެ. އަދި އޭގެ ސަބަބުން ހަނދާން ވަރުގަދަ ވެއެވެ.

ހެނދުނު އަވީގައި ހުރުން

ހެނދުނުގެ ކުރީކޮޅު އަވީގައި ހުރުމަކީ ސިކުނޑީގެ މަސައްކަތަށް ވަރަށް ބޮޑަށް އެހީވެދޭ ކަމެކެވެ. އިރުގެ އަލިކަމުން ވިޓަމިން ޑީ އުފެދުމަށް އެހީވެދެއެވެ. އަދި ސަރކޭޑިއަން ރިދަމް ރަނގަޅު ކުރުމަށްވެސް އެހީވެދެއެވެ. މިކަމުގެ ސަބަބުން ރޭގަނޑު ރަނގަޅަށް ނިދުމަށާއި، ހެނދުނު ހޭލެވުމަށް ފަސޭހަވެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން