މީގެ ކުރިން ބޭއްވި އަހާ ފޯރަމްގެ ބައްދަލުވުމެއް
މީގެ ކުރިން ބޭއްވި އަހާ ފޯރަމްގެ ބައްދަލުވުމެއް
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު އާންމުންނަށް ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ އިތުރު ޕްރޮގްރާމް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އަހާ ގެ ފުރަތަމަ ފޯރަމް ބޭއްވީ 2024 ޖެނުއަރީ 25 ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒާ އެކީ ވެސް ފޯރަމެއް ބާއްވާފައި ވެއެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މިރޭ 9 ޖަހާއިރު ބާއްވާ އަހާ ފޯރަމްގައި ސޯޝަލް މިނިސްޓަރ ޑރ. އައިޝަތު ޝިހާމް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު، އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އަދި އެންވަޔަރްމެންޓާއި ޓޫރިޒަމް މިނިސްޓަރ ތާރިގް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފޯރަމްގައި ބައިވެރިވެ، ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އަދި ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އަހާ ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން މިސަރުކާރުން ފެށި ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން