ރޯދަމަހު މަސައްކަތް ހުއްޓާލައި ރައްޔިތުންގެ މަޖިލީސް ބަންދު ކުރުމަށް އެމްޑީޕީ ދެކޮޅު ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫފްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ނާޒިލް މިހެން ވިދާޅުވެފައިވާއިރު ރޯދަ މަހު މަޖިލިސް ކުރިއަށް ނުގެންދާ ގޮތަށް މަޖިލީހުގެ އާންމު ގަވައިދަށް އިސްލާހު ގެންނަން ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މައްސަލަ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
އަދި އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ރިފާއު ހުށަހެޅުއްވި ގޮތަށް ގަވައިދު ބަދަލުކުރަން ވަނީ ފާސްކޮށްފަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވީ ރަމަޟާން މަސް އެކުގައި މަޖިލިސް ބަންދު ކުރަން އުޅޭ ސަބަބު ނުވިސްނޭ ކަމަށާއި އަދި އެކަމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އޭގެ އިތުރުން ރޯދަމަހު ސަރުކާރު މުވައްޒަފުންނާއި ޕްރައިވެޓް ސެކްޓަރގެ މުވައްޒަފުން މަސައްކަތް ކުރަށްވާކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.
"އެހެން އެކަން އޮއްވާ މަޖިލިސް ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް." ނާޒިލް ވިދާޅުވިއެވެ.
އޭގެއިތުރުން އާންމު ކޮމިޓީން ނިންމި ނަމަވެސް ރޯދަމަހު މަޖިލީސް ބަންދު ކުރުމަށް ފާސް ކުރަން މަޖިލީހުގެ ތަޅުމުގައި އެމްޑީޕީން ތާއީދު ނުކުރާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު