ސަރުކާރުން އަޅުވެތިކޮށްފައިވާ ރައްޔިތުންގެ މަޖިލިސް އެމްޑީޕީން މިނިވަން ކުރާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ޙަސަން ލަތީފް މިހެން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޙަސަން ވިދާޅުވީ ރައީސް މުޢިއްޒުގެ ވިސްނުން މިހާރު ހުރީ 2008 ގެ ކުރިން ރާއްޖެ އޮތް ޙާލަތަށް ޤައުމު ގެންދިއުމަށް ކަމަށެވެ. ނަމަވެސް އެ ފުރުސަތު ރައީސް މުއިއްޒަށް ނުދެއްވާނެ ކަމަށް ޙަސަން ވިދާޅުވިއެވެ.
ހަމައެހެންމެ ޕީއެންސީގެ ބައެއް މެންބަރުން ބޭނުންވަނީ ރައީސް މުއިއްޒަށް ހުރިހާ ބާރެއް ދިނުމަށް ކަމަށާއި، އެބޭފުޅުން މަސައްކަތް ކުރަށްވަނީ 2008 ވަނަ އަހަރު ކުރިން ރާއްޖެ އޮތް ހާލަތަށް ގައުމު ގެންދިއުން ކަމަށެވެ.
އެގޮތުން މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑާލާފައިވާ ކަމަށާއި މިނިވަން މުވައްސަސާތަކާއި ޝަރުޢީ ނިޒާމްވެސް ރައީސްގެ ބާރުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަށްވާ ކަމަށް ޙަސަން ތުހުމަތު ކުރެއްވިއެވެ.
“ބޭނުމަކީ ތިޔަ ބޭފުޅުންގެ ހަޒާނާ ރައްޔިތުންގެ ހަޒާނާއަށް ބާރުފޯރުވުން.” ޙަސަން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޙަސަން ވިދާޅުވީ 2024 ވަނަ އަހަރަށް ފާސްކުރި 55 ބިލިއަން ރުފިޔާގެ ބަޖެޓަށް ވީގޮތެއް ނޭންގޭ ކަމަށާއި ބަޖެޓުން ތަރައްޤީއަށް ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓްގައިވެސް އެއްވެސް ތަފްސީލެއް ނެތް ކަމަށް ޙަސަން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު