މާލެެ ރީތިކޮށް ސާފު ކުރުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބައިވެރިވުމަކީ ވަރަށް އުފާވާ، އަދި އިހްތިރާމާއެކު ބަލައިގަންނަ ކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މިއަދު މާލޭގައި ފަށާފައިވާ "އެންމެން އެކުގައި ސާފު" ޕްރޮގްރާމާ ގުޅޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕްރޮގްރާމަކީ އީގަލްސް ކޮމިއުނިޓީ، މަންފާ ޖަމިއްޔާ، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ރެޑްކްރެސެންޓު ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
އާޒިމްގެ ޕޯސްޓުގައި ވިދާޅުވީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވާކަމަށާއި، ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން އިސް ނަގައިގެން މިފަދަ ކަންތައްތައް ކުރައްވާތީ އުފާވާ ކަމަށެވެ.
އަދި މިފަދަ އިޖްތިމާއީ ކަންކަމުގައި އަބަދުވެސް މާލެސިޓީން ތަރުހީބު ދޭނެކަމަށާއި، ދެވެން އޮތް އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަންވެސް އާޒިމް ދެއްވިއެވެ.
މިއަދު މާލެ ސިޓީގައިވަނީ "ރޯދަ ސާފު" ގެ ނަމުގައިވެސް ސާފްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ވިދާޅުވީ ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
އަދި ސާފުތާހިރު ކަމަކީ ފަރުދީ ކަމަކަށް ހެދުމަށްވެސް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.

އީގަލްސް ކޮމިޔުނިޓީއާއި މަންފާ ޖަމިއްޔާއާއި މާލެ ސިޓީ ކައުންސިލާއި ވެމްކޯއާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި އަދި ރެޑްކްރެސެންޓް ގުޅިގެން، ''އެންމެން އެކުގައި ސާފުކުރަމާ'' މި ޕޮރްގްރާމުގައި ބައިވެރިވެ މާލެ ސިޓީ ސާފުކުރުމުގެ މުހިއްމު މަސައްކަތެއް މިއަދު ފަށައިގެން ކުރިޔަށް… pic.twitter.com/xlgp7XAdSX
— Mayor of Male’ City - Adam Azim (@adamazim) February 15, 2025
މިއަދު މާލެ ސިޓީގައިވަނީ "ރޯދަ ސާފު" ގެ ނަމުގައިވެސް ސާފްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ވިދާޅުވީ ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
އަދި ސާފުތާހިރު ކަމަކީ ފަރުދީ ކަމަކަށް ހެދުމަށްވެސް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު