ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީން އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށް މާހެފުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ބެންކޮކްގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފައިވަނީ މި މާހެފުމުގެ މަޤްސަދަކީ ތައިލެންޑްގައި ދިރިއުޅޭ ދިވެހިން އެއްތަނަކަށް ޖަމާވެ އެކުވެރިކަމާއެކު ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ.
އެހެންކަމުން މި މާހެފުމުގައި ބައިވެރިވުމުގެ ދަޢުވަތު ތައިލެންޑްގައި ހުންނަވާ ރާއްޖޭގެ ސަފީރު ފުއާދު ތައުފީޤުގެ ފަރާތްޕުޅުން އެޤައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންނަށް އަރުވާ ކަމަށް އެމްބަސީން ބުނެފައިވެއެވެ.
ހަބޭސް ބޮޑުބެރު ގްރޫޕްގެ ހުށައެޅުންތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މާހެފުމުގައި ތައިލެންޑްގައި ދިރިއުޅުއްވާ ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަކީ ސަފީރު ފުއާދު ވަރަށްބޮޑަށް އެދިލައްވާ ކަމެއް ކަމަށްވެސް އެމްބަސީން ހާމަކޮށްފައިވެއެވެ.
ބެންކޮކްގެ ދަ މެޓް ކޮންޑަމީނިއަމްގެ 9ވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މާހެފުން ކުރިއަށްދާނީ މާދަމާ ހަވީރު 16:00 އިން 18:00 އަށެވެ.
މީގެ ކުރިންވެސް ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީން ދިވެހިންނަށް ޚާއްސަކޮށް ރޯދަ ވީއްލުންތަކާއި މާހެފުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު