ބޮލީވުޑްގެ ތަރި ރާޖްކުމާރު ރާއޯގެ ކުރިއަށް އޮތް ފިލްމު "މާލިކް" ނެރޭ ދުވަސް އާންމު ކޮށްފިއެވެ.
އިންޑިއާގެ އީޓައިމްސް ނޫހުގެ ރިޕޯޓެއްގައި ބުނެފައިވަނީ ރާޖްކުމާރުގެ ފިލްމު "މާލިކް" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫން 20 ގައި ކަމަށެވެ. މި ފިލްމަކީ އެކްޝަން ތުރިލާ ފިލްމެއް ކަމަށްވީއިރު، މި ފިލްމުގައި ރާޖްކުމާރު ފެނިގެންދާނީ ވަރަށް ރަހުމް ކުޑަ ގޭންގުސްޓާރެއްގެ ރޯލުން ކަމަށް ރިޕޯޓުގައި ވެއެވެ.
މިއީ ރާޖްކުމާރު މިފަދަ ރޯލަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މީގެ ކުރިން ނެރެފައިވާއިރު، މި ފިލްމުގެ ޝޫޓުތައް މިހާރު ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު މި ފިލްމުގެ އިތުރުން ރާޖްކުމާރު ދަނީ "ބޫލް ޗަކު މާފް" ނެރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ. މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީ ފިލްމަކަށްވީއިރު، މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަތު އެޕްރިލް މަހު 10 ގައެވެ.

ކިޔުންތެރިންގެ ހިޔާލު