ރައްޔިތުންގެ ނުރުހުން ލިބޭތީ ރޯދަމަހު މަޖިލިސް ބަންދު ނުކުރަން ވިސްނަވަމުން ގެންދަވާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވެފައިވާއިރު ރޯދަ މަހު މަޖިލިސް ކުރިއަށް ނުގެންދާ ގޮތަށް މަޖިލީހުގެ އާންމު ގަވައިދަށް އިސްލާހު ގެންނަން ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
އަދި އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ރިފާއު ހުށަހެޅުއްވި ގޮތަށް ގަވައިދު ބަދަލުކުރަން ވަނީ ފާސްކޮށްފަ އެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެފައިވަނީ ރޯދަ މަހު މަޖިލިސް ބަންދު ކުރުމާމެދު ދެވަނަ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ. އަދި ދެވަނަ ވިސްނުމަކަށް ދާން ޖެހުނީ ރައްޔިތުންގެ ނުރުހުން އެކަމާމެދު އޮތުމުން ކަމަށްވެސް ފަލާޙް ވިދާޅުވެފައިވެއެވެ.
“ރަމަޟާން މަހު މަސައްކަތް ކުރަން ލިބެނީ އެންމެ ނުވަ ދުވަސް. 20 ވަނަ މަޖިލިހަކީ މި ފާއިތުވީ މަޖިލިސް ޗުއްޓީތަކުގައި ވެސް 50 އިންސައްތަ މަސައްކަތް ކުރި މަޖިލިހެއް. އެހެންވެ އަޅުގަނޑުމެން ނިންމީ އެ ނުވަ ދުވަސް ޗުއްޓީ ކޮށްލަން. އިތުރު ޗުއްޓީއެއް ނަގާކަށް ނޫން.” ފަލާޙް ވިދާޅުވިއެވެ.
ރައްޔިތުންގެ ނުރުހުން ލިބޭތީ ރޯދަމަހު މަޖިލިސް ބަންދު ނުކުރަން ވިސްނަވަމުން ގެންދަވާ ކަމަށް ފަލާހް ވިދާޅުވެފައިވާއިރު ރޯދަމަހު މަސައްކަތް ހުއްޓާލައި ރައްޔިތުންގެ މަޖިލީސް ބަންދު ކުރުމަށް އެމްޑީޕީ ދެކޮޅު ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫފްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ ވިދާޅުވެފައެވެ.
ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށައެޅި އިސްލާޙުގައި ވަނީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި މި ދައުރު ކުރުކޮށްލުމަށާއި މިއަހަރުގެ ދެން ހުރި ދައުރުތައް ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށެވެ. އަދި މި އުސޫލަށް އަމަލު ކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރަށް ކަމަށްވެސް އިސްލާޙުގައިވެއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ދެމިގެންދަނީ 1 ފެބްރުއަރީން 15 މޭގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް ކުރިޔަށް ދާއިރު ތިން ވަނަ ދައުރު ދެމިގެންދަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު