މިނިސްޓަރު ސައީދު
މިނިސްޓަރު ސައީދު
މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުން ނެގި އިމްޕޯޓް ޑިއުޓީިއިން ލިބުނު އާމްދަނީ ދަށްވުމާ ޗައިނާއިން ރާއްޖެއާއެކު ގާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ދިޔަ "އަހާ ފޯރަމް"ގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ނޫހެއްގައި ޝާއިއިކުރި އާޓިކަލެއްގައި ރާއްޖޭގެ އިމްޕޯޓް ރެވެނިއު ދަށްވީ އެފްޓީއޭގެ ސަަބަބުންކަމަށް ދަައްކަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައި އޮތް ކަމަށެވެ.

އެހެން ނަމަވެސް ކަންވީ އެހެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެެގޮތުން އިމްޕޯޓް އާމްދަނީ ދަށްވި ސަބަބު ބެލިއިރު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިއްޔެއާ ހަމައަށް އެއް ބިލިއަން ރުފިޔާ ޗައިނާއިން ގެނައި ކަމަށާއި އަދި އޭގެ ސީއައިއެފް ވެލިއު އަރަނީ ގާތްގަނޑަކަށް 34 މިލިއަން ރުފިޔާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެފްޓީއޭ ބެނިފިޓް ލިބިފައި މި އިންނަނީ 2.3 މިލިއަން ރުފިޔާ. އެއީ ޖުމްލަ އިމްޕޯޓްގެ އެއް ޕަސެންޓް، އެހެންވީމާ އެފްޓީއޭއާ އެއަކާ ގުޅުމެއް ނެތް. އޭގެ ބަދަލުގައި ރާއްޖޭގެ އާމްދަނީގެ ކެޓަގަރީއަށް ބަލާލާއިރު އިމްޕޯޓް ޑިއުޓީ މި ހިމެނެނީ ހަތަރު ވަނައިގައި. ދެން ފްރީ ޓްރޭޑްއާއި ޓެރިފް މައްސލަައިގައި ބޮޑެތި ގައުމުތަކުގެ ވާހަކަ ދައްކާއިރު ހިޔާލު ތަފާތު ވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން