މިއަދު ބޭއްވި މަޝްވަރާތަކުގެ ތެރެއިން--
މިއަދު ބޭއްވި މަޝްވަރާތަކުގެ ތެރެއިން--
ރާއްޖެއާ ތުރުކީއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް އިތުރުކުރަން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް އަބްދުއް ލަތީފް ތުުރުކީގެ ޓޫރިޒަމް މިނިސްޓަރު މެހެމަތު ނޫރީ އެރްސޯއީއާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ނެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ ގޮތުންނާއި ރާއްޖެއާއި ތުރުކީއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރާ މިންވަރު އިތުރުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އޭގެ އިތުރުން ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް އެ ދެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ތުރުކީގެ ޓާކިޝް އެއާލައިނުން މިހާރުވެސް ރާއްޖެއާ ތުރުކީއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ދަނީ ބާއްވަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން