ޓީޓީ އެސޯސިއޭޝަންގެ މިހާރުގެ އެކްސްކޯ
ޓީޓީ އެސޯސިއޭޝަންގެ މިހާރުގެ އެކްސްކޯ
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ އެ އެސޯސިއޭޝަން ސަސްޕެންޑުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ޓޭބަލްޓެނިސް އެސޯސިއޭޝަނުން ރާއްޖެއަށް ދީފިއެވެ.

އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލަ ބޮޑުވެ އިންތިޚާބާ ގުޅޭ މައްސަލައެއް މިހާރުވަނީ ކޯޓަށް ހުށައަޅާފައެވެ. އެކަމާގުޅިގެން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ތިންވަނަ ފަރާތެއްގެ ނުފޫޒު އިންތިޚާބަށް ފޯރުވާނަމަ އެ އެސޯސިއޭޝަން ސަސްޕެންޑުކުރަން ޖެހިދާނެކަމަށެވެ.

އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ. މި މައްސަލައިގައި ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ޓީޓީގެ އިންތިޚާބުގެ ކަންކަން ހިނގަމުން އަންނަނީ ރަނގަޅަށް ކަމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށާއި، އިންތިޚާބު ބޭއްވުމަށް އެ މަޖިލީހުން ރުހުންދީފައިވާ ކަމަށެވެ. އަދި މިކަމުގެ ތެރެއަށް މިހާރުގެ އެކްސްކޯއިން ނުވަންނާނެކަމަށް ސުޖާއު ވިދާޅުވިއެވެ.

އަންނަ އަންގާރަ ދުވަހު ބާއްވާ އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދު އާއި ވާދަ ކުރައްވާނީ ތޯހާ ސަލީމެވެ. އަދި އިންތިޚާބަށް ނަން ހުށައެޅުއްވި މުހައްމަދު ޖަލާލް ވަނީ ނަން އަނބުރާ ނެންގެވުމަށް ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން