އިންޑިއާގެ ދެ ސަރަހައްދަކަށް ބިންހެލުން އައިސްފައިވާ ކަމަށް އެގައުމުގައި ބިންހެލުމުގެ ހަރަކާތްތައް މޮނިޓާ ކުރުމަށް އިންޑިއާ ސަރުކާރުގެ ނޯޑަލް އެޖެންސީ، ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީން ބުނެފިއެވެ.
ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީން ބުނީ މިއަދު ފަތިހު 5:36ގައި އުތުރު އިންޑިއާގެ އެކި ހިސާބުތަކަށް ބިންހެލުންތައް އިހުސާސް ކުރެވުނު ކަމަށާއި އަދި ދިއްލީ އަށް ބިންހެލުމުގެ އަސަރު ކޮށްފައިވާ ކަމަށެވެ. މި ބިންހެލުން އައި ބިމުގެ ފަސް ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާއިން ބުންޏެވެ.
ދިއްލީގެ އިތުރުން އިންޑިއާގެ ބިހާރަށްވެސް ބިންހެލުމެއް އައިސްފައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީން ވަނީ ބުނެފައެެވެ.
ބިހާރަށްވެސް ބިންހެލުން އައީ މިއަދު ފަތިހުގައި ކަމަށް އެ އިދާރާއިން ބުނާއިރު މި ދެ ބިންހެލުމަކީވެސް 4.0 މެގްނެޓިއުޑްގެ ބިންހެލުންތައް ކަމަށް އެ އިދާރާއިން މޮނިޓަރ ކުރެއެވެ.
އިންޑިއާގެ ނިއުސް އެޖެންސީ ޕީޓީއައިއަށް މައުލޫމާތު ދެއްވަމުން އޮފިޝަލަކު ވިދާޅުވީ ދިއްލީއަށް ބިންހެލުން އައިސްފައިވަނީ ދައުލާ ކުއާންގެ ދުރްގާބާއީ ދޭޝްމުކް ކޮލެޖް އޮފް ސްޕެޝަލް އެޑިއުކޭޝަން ކައިރި އަށް ކަމަށެވެ.
އެ ސަރަޙައްދަކީ ކޮންމެ ދެތިން އަހަރަކުން އެއްފަހަރު ކުދި މެގްނިޓިއުޑްގެ ބިންހެލުންތައް އަންނަ ސަރަޙައްދެކެވެ. އަދި 2015 ވަނަ އަހަރު 3.3 މެގްނިޓިއުޑްގެ ބިންހެލުމެއް އެ ސަރަހައްދަށް އައި ކަމަށްވެދް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ދިއްލީއަށް އައި ބިންހެލުމުގައި ބާރު އަޑެއްވެސް އިވުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު