ދިވެހިރާއްޖެއިން 5 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރާއްޖޭން ސަފީރުން އައްޔަނު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ ބުރުނާއީ، ލަގްޒަމްބާރގް، ނެދަލޭންޑްސް، ފްރާންސް އަދި އޮސްޓްރޭލިއާއަށެވެ.
އެގޮތުން ބުރުނާއީއަށް އައްޔަނު ކުރުމަށް ހުށައަޅާފައިވަނީ މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދެވެ. އަދި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ އައްޔަނު ކުރަށްވަނީ ލަގްޒަމްބާރގް އަދި ނެދަލޭންޑްސްއަށެވެ.
ހަމައެއާއެކު ފްރާންސަށް ކަނޑައަޅުއްވަނީ އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމެވެ. އަދި އޮސްޓްރޭލިއާއަށް ކަނޑައެޅުމަށް ހުށައަޅާފައިވަނީ ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން، ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެންނެވެ.
އެހެންކަމުން މި މައްސަލަ ދިރާސާކުރުމަށް މިއަދު ފޮނުވާފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. އަދި ކޮމިޓީން މައްސަލަ ދިރާސާކޮށް ނިމުމުން މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގައި، ސަފީރުން އައްޔަން ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު