އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޒާހިދު އަދި އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމަށް ސޮލާހު ރަޝީދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ޒާހިދާއި ސަލާމް އީސީގެ މެންބަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އަދި ފަހުން އީސީގެ އިސްވެރިންގެ މަގާމަށް އެ ދެ ބޭފުޅުން އައްޔަނުކުރަން ރައީސް މުއިއްޒު ހުށަހެޅުއްވުމުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެގޮތަށް ފާސްވެސް ކޮށްފަ އެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ވޯޓުގައި ޒާހިދުއަށް ރުހުން ދޭން 68 މެމްބަރުން ވޯޓު ދެއްވި އިރު ސަލާހަށް ރުހުން ދޭން 69 މެމްބަރުން ވޯޓު ދެއްްވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެމްބަރުކަމުން އަލީ ނަޝާތާއި އަދި މުހައްމަދު އާސިފް ވަކިކުރުމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު