ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހިމް
ޤައުމު އޮތް ހާލަތު ރައީސަށް ކިޔައިދޭންޖެހޭ ކަމަށާއި އިޤްތިޞާދު ރަނގަޅުވާނީ ސަރުކާރުގެ ފޯމެޓަށް ބަދަލުތަކެއް ގެނެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ އިގުތިޞާދީ އިސްލާހީ އެޖެންޑާއަށް ރުހުން ހޯދުމުގެ މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ މިވަގުތު އޮތް ހާލަތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކިޔައިދޭން ޖެހޭ ކަމަށެވެ.

އެގޮތުން ޤާސިމް ވިދާޅުވީ ސަރުކާރު ރަނގަޅަށް ހިންގުމަކީ ރައީސް ވެސް ބޭނުންފުޅުވާނެ ގޮތް ކަމަށާއި އެހެންކަމުން މާލިއްޔަތު ކޮމިޓީއަށް ކަންކަމުގައި ފެންނަ ރަނގަޅުގޮތް ރައީސަށް ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި ރައީސްވެސް މެންބަރުންގެ އަޑު އައްސަވާނެ ކަމަށާއި އަރުވާ ލަފާވެސް ޤަބޫލު ކުރަށްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

“ތިބޭފުޅުން ތި ވިދާޅުވާ ކަންކަން ނުކުރާކަށެއް ނޫން.” ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިއަދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރެވެން އޮތީ ވަރަށް ގިނަ ކަންކަން ބަދަލު ކޮށްގެން ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާ ލިބުނު ނަމަވެސް މިވަގުތު ސަރުކާރުގެ ފޯމެޓަށް ބަދަލު ގެންނަށް ޖެހޭ ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.

ހަމަ އެއާއެކު ޤާސިމް މިއަދު ވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅަށް ވަޒަން ނުކޮށް ވާދައަށް ކަންތައްތައް ކުރަން އުޅުމުން އިގްތިސާދީ ގޮތުން ގައުމު ދާނީ ދުވަހެއް ދުވަހަށް ދަަށަށް ކަމަށްވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން