ފުވައްމުލަކުގައި ގުދަންކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާރޓަންތަކެއް ވަގަށް ނަގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ސިނގިރޭޓް ކާރޓަންތައް ވަގަށް ނަގާފައި ވަނީ ފުވައްމުލަކު ޔޫރޯ ސްޓޯރުގެ ގުދަނުގައި ހުއްޓައި ކަމަށެވެ. އެ ގުދަނުން ވަގަށް ނަގާފައި ވަނީ 130 ކާޓަން ސިނގިރޭޓު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މިމައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއްވެސް ފުލުހުން ނުދެ އެވެ.
ފުވައްމުލަކުގައި މި ހާދިސާ ހިނގާފައިވާއިރު ސަރުކާރުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރުމާއެކު ބާޒާރުގައި ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު