ދެކުނުގެ ތިން ރަށެއްގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އާރްޑީސީން ބުނެފައިވަނީ ދެކުނު ސަރަހައްދުގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ތިން ރަށެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ މިވަގުތު މަސައްކަތް ކުރިޔަށްދާ ތިން ރަށަކީ ތ. ތިމަރަފުށި، ގއ. ވިލިނގިލި ފޭސް 2 އަދި ލ. ގަން ފޭސް 2 އެވެ.
ތަރައްގީއަށް ކުރެވެމުންދާ މި މަސައްކަތްތަކުގެ ތެރެއިން ތިމަރަފުށީގައި ކުރިއަށް ގެންދަނީ އެ ރަށު އެއާޕޯޓު މަގުގައި ދުވާރުގެ މަސައްކަތާއި ކާސްޓިންގް ޔާޑުގައި ކާރބް ސްޓޯން ކާސްޓު ކުރުމުގެ މަސައްކަތެވެ.
އަދި ވިލިނގިލީ ފޭސް ދޭއްގައި ކުރިއަށް ދަނީ މުހައްމަދުކަލޭފާނު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި ބަރާސީލު މަގުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތެވެ.
އެ ކުންފުނިން ގަން ފޭސް ދޭއްގައި ކުރިއަށް ގެންދަނީ ބޮޑުތަކުރުފާނު މަގުގައި ކީވޯލް އެޅުމަށް މަގު ކޮނުމުގެ މަސައްކަތާއި ބޮޑުތަކުރުފާނު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު