ބޮލީވުޑްްގެ ސުޕަސްޓާރ ތަރިން ސަލްމާން ޚާން އާއި ސަންޖޭ ދަތު ހޮލީވުޑްގެ ފިލްމެއްގައި ކެމިއޯ ރޯލުތަކަކުން ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ މި ދެ ތަރިން ވަރަށް އަވަހަށް ހޮލީވުޑްގެ ފިލްމެއްގައި ހާއްސަ ރޯލުތަކެއް ކުޅޭނެ ކަމަށާއި، މިހާރު މި ޝޫޓުތައް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ސަލްމާން އާއި ސަންޖޭ މި ޝޫޓުތައްް ކުރުމަށް ސައުދީ އަރަބިއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމަކީ އެކްޝަން ތުރިލާ ފިލްމަކަށް ވީއިރު، މި ފިލްމުގެ ނަމެއް އަދި މީޑިއާތަކާ ހިއްސާ ކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައު ސަލްމާން އާއި ސަންޖޭ މިމަހު 19 ގައި އެމީހުންގެ ރޯލުތަކަށް ޝޫޓު ކޮށް ނިންމާނެއެވެ.
މި ފިލްމަކީ ގްލޯބަލް އޯޑިއެންސަކަށް ތައްޔާރު ކުރާ ފިލްމަކަށް ވީއިރު، މި ދެ ތަރިން ކެމިއޯ ރޯލުތަކަށް ހޮއްވެވި މައިގަނޑު ސަބަބަކީ މި ދެ ތަރިންނަކީ މެދުއިރުމަތީގެ ގައުމުތަކުގެ މީހުންގެ މެދުގައި މަގުބޫލު ތަރިން ކަމުގައި ވާތީ ކަަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލްމާން އާއި ސަންޖޭ މީގެ ކުރިންވެސް ވަނީ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ސާޖަން، އަދި ޔޭ ހޭ ޖަލްވާ ފަދަ ފިލްމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު