ބައެއް ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންދެކެ ރައްޔިތުން ރުޅިއަރުވަންކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަައިދޭ ޕްރޮގްރާމެއް ފަށަން އުޅޭކަމަށް ބުނެ ބައެއް ނޫސްތަކުން މިއަދު ވަނީ ހަބަރު ފަތުރާފައެވެ. އެއާ އެކު ގިނަ ބައެއްގެ ފާޑުކިޔުން މަޖިލިސް މެންބަރުންނަށް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް މެންބަރުންގެ ގާބިލުކަމާމެދު ސުވާލު އުފައްދައި، ގިނަ ބަޔަކު ވަނީ ޖޯކު ވެސް ޖަހާފައެވެ.
މީސްމީޑިއާގައި އެ ވާހަކަތައް އާންމުން ދައްކާތީ އެކަމާ ގުޅުވައި ފަލާޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކޯހަކީ އަޑު ފެތުރިފާވާގޮތާ ހިލާފަށް މަޖިލީހުން ހަރަދުކޮށްގެން ހިންގާ ކޯހެއް ނޫންކަމަށެވެ.
އޭގެ ބަދަލުގައި އެއީ ކޯހުގައި ބައިވެރިވާ މެންބަރުން އަމިއްލައަށް ފީ ދައްކައިގެން ކުރިއަށް ގެންދާ ކޯހެއްކަމަށާއި ކޮންމެ ކަމަކުން ވެސް މަޖިލިސް މެންބަރުން ދެކެ ރައްޔިތުން ރުޅި އަރުވާލަންވާނެ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު