ކަރަން ޖޯހަރު، "ސްޓްރީ 2" ޕޯސްޓަރު- ގޫގުލް އިމޭޖެސް
ކަރަން ޖޯހަރު، "ސްޓްރީ 2" ޕޯސްޓަރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރިން ޝްރައްދާ ކަޕޫރު އާއި ރާޖްކުމާރުރާއޯގެ ފިލްމު "ސްޓްރީ 2" ގެ ކާމިޔާބީއިން އިންސްޕަޔާ ވެ ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ ކަމަށް ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރު ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކަރަން ޖޯހަރު ބުނެފައިވަނީ "ސްޓްރީ 2" އަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބީގެ ސަބަބުން އުފާވާ ކަމަށާއި، އެ ފިލްމަށް އެހާ ބޮޑު ކާމިޔާބީއެއް ލިބުމުން ވަރަށް ބޮޑު އިންސްޕިރޭޝަން އަކަށް ވި ކަމަށެވެ.

މި އިންޓަވިއުގައި ކަރަން ވަނީ ފިލްމުގެ ހުރިހާ ކާސްޓު މެމްބަރުންނަށްވެސް ތައުރީފް ކޮށްފައެވެ. ނަމަވެސް ކަރަން ބުނެފައިވަނީ އެ ފިލްމު އެހާ ކާމިޔާބު ފިލްމަކަށް ވީ ޕްރޮޑިއުސަރާއި ޑައިރެކްޓަރުގެ ބުރަ މަސައްކަތާއި އިސްނެގުމުގެ ސަބަބުން ކަމަށެވެ.

އޭނާ އިތުރަށް ބުނީ ފިލްމުތައް ކާމިޔާބު ވާނީ ކާސްޓުންނާއި، ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުންވެސް ގުޅިގެން އެކުގައި މަސައްކަތް ކުރުމުން ކަމަށެވެ.

ސްޓްރީ 2 ނެރެފައިވަނީ މިދިޔަ އަހަރު އޮގަސްޓު މަހުގެ 15 ގައެވެ. މިއީ 2018 ގައި ނެރުނު "ސްޓްރީ" ގެ ސީކުއެލް އެކެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން